Madhina Dharivarunge Ehee

Directions Contact the organization

Madhina Dharivarunge Ehee ...ރާއްޖޭގެ ޙައްޖުވެރިންނާއި ޢުމްރާވެރިންގެ މަދީނާ ޒިޔާރަތް ދަތުރު އަޅުގަނޑުމެންނާއި އެކު

17/01/2024

ޑިސެމްބަރ/ޖަނަވަރީ ޢުމްރާ ސީޒަން މިވަނީ ނިމިފައެވެ. މި ސީޒަނުގައި ފަސްހާހާއި ގާތްކުރާ އަދަދަކަށް ދިވެހި ޢުމްރާވެރިން މަދީނާއަށް ޒިޔާރަތްކުރިއެވެ. މި ސީޒަން މިހާ ކާމިޔާބު ކަމާއެކު ކުރިޔަށްގެންދެވުނީ ޢުމްރާ ގުރޫޕްތަކުން ދެއްވި އެއްބާރުލުމުގެ ސަބަބުންނެވެ. މިކަމަށްޓަކާ ހުރިހާ ދިވެހި ޢުމްރާ ގުރޫޕްތަކަށް ހިތުގެ ފުންމިނުން ޝުކުރުދަންނަވަމެވެ. އުންމީދަކީ ކުރިޔަށްއޮތް ސީޒަންތަކުގައި މިއަށްވުރެ ފުރިހަމަ ޚިދުމަތެއް ދިވެހި ޢުމްރާވެރިންނަށް ފޯރުކޮށްދެވުމެވެ. جزاكم الله خيرا

12 January g*i kuriyah gendhevunu Musafireen Ummra servicess ge Ziyaarai dhathuruge therein....
17/01/2024

12 January g*i kuriyah gendhevunu Musafireen Ummra servicess ge Ziyaarai dhathuruge therein....

10/01/2024

ދިވެހި ޢުމްރާވެރިންނަށް ޚިދުމަތްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް...
Jazakumullah Khairan Maldives Hajj Corporation Limited

4 January g*i kuriyah gendhevunu Maldives Hajj Corporation Limited ge Ziyarai dhathuruge therein...
10/01/2024

4 January g*i kuriyah gendhevunu Maldives Hajj Corporation Limited ge Ziyarai dhathuruge therein...

ސައުދީގައި ކިޔަވަން ތިބޭ ދަރިވަރުން ޙައްޖު މޫސުމުގައި ހައްޖާޖީންނަށް އެހީތެރިވުމަށް އައުމަށް ރަސްމީކޮށް ހުއްދަ ދެއްވުމަށ...
10/01/2024

ސައުދީގައި ކިޔަވަން ތިބޭ ދަރިވަރުން ޙައްޖު މޫސުމުގައި ހައްޖާޖީންނަށް އެހީތެރިވުމަށް އައުމަށް ރަސްމީކޮށް ހުއްދަ ދެއްވުމަށް ޑރ ޝަހީމް އެދިވަޑައިގަތެވެ. އަދި ހައްޖުގެ ކަންކަން ދިވެހި ބަހުން ކަވަރކުރުމަށް ދިވެހި މީޑިޔާ އަށް ފުރުޞަތު ދެއްވުމަށް ވެސް ޑރ ޝަހީމްވަނީ އެދިވަޑައިގެންފައެވެ.
Jazakumullah Khairan Dr. Mohamed Shaheem Ali Saeed

ސަޢޫދީ ސަރުކާރުން ދިވެހި ޙައްޖުވެރިންނާއި އުމްރާވެރިންނަށް ކޮށްދެއްވަމުންގެންދަވާ ޚިދުމަތުގެ އަގުވަޒަން ކުރައްވައިފި.

ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހި ޢުމްރާވެރިންނާއި ޙައްޖުވެރިންނަށް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތުގެ އަގުވަޒަންކުރައްވައިފިއެވެ.

މިކަން ފާހަގަކުރައްވާފައިވަނީ މިއަދު ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރ ޑރ ތައުފީޤު ބިން ފައުޒާން އައްރަބީޢާއާ ބައްދަލުކުރައްވައި އެކަމަށް ޚާއްޞަ ހަނދާނީ ލިއުމެއް އެމަނިކުފާނަށް އަރުއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ޑރ ޝަހީމްގެ ވާހަކަފުޅުގައި ސަޢޫދީ ސަރުކާރުން ދިވެހި ޙައްޖުވެރިންނާއި ޢުމްރާ ވެރިންނާ މެދު ވަރަށް ދީލަތިކޮށް މުޢާމަލާތުކުރައްވައި އަގުހުރި ޚިދުމަތެއް ދަނީ ދެއްވަމުންނެވެ. މިގޮތުން ޙައްޖު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ އިން ކޮށްދެއްވަމުން ގެންދަވާ ޚިދުމަތް ފާހަގަކުރެއްވިއެވެ. އަދި މާތް ދެހަރަމްފުޅަށާއި ޙައްޖާއި ޢުމްރާއަށް އަންނަ މީހުންނާއި މަދީނާ އަށް ޒިޔާރަތްކުރާ މީހުންނާ މެދު ބަހައްޓަވާ ދީލަތި ކަމަށްޓަކައި ސަލްމާން ރަސްގެފާނާއި ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާނަށް ޑރ. ޝަހީމް ޝުކުރު އަދާކުރެއްވިއެވެ.

ސައުދީގައި ކިޔަވަން ތިބޭ ދަރިވަރުން ޙައްޖު މޫސުމުގައި ހައްޖާޖީންނަށް އެހީތެރިވުމަށް އައުމަށް ރަސްމީކޮށް ހުއްދަ ދެއްވުމަށް ޑރ ޝަހީމް އެދިވަޑައިގަތެވެ. އަދި ހައްޖުގެ ކަންކަން ދިވެހި ބަހުން ކަވަރކުރުމަށް ދިވެހި މީޑިޔާ އަށް ފުރުޞަތު ދެއްވުމަށް ވެސް ޑރ ޝަހީމްވަނީ އެދިވަޑައިގެންފައެވެ.އަދި ރާއްޖޭގެ ޙައްޖު ކޯޓާ އިތުރުކުރުމާ މެދު ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. އަދި ޙައްޖު އުމްރާ ޚިދުމަތް ފަސޭހަކޮށް ރައްޔިތުންނަށް ލުއިގޮތްތަކެއް ހޯއްދަވަން ރައީސް ޑރ މުޙައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް ޑރ ޝަހީމް ހައްޖު މިނިސްޓަރާއެކު އޮތް ބައްދަލުވުމުގައި އަލިއަޅުވާލެއްވިއެވެ.

ޑރ ޝަހީމް ވަނީ ސައުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރ ޑރ ތައުފީޤަށް ފަސޭހަފުޅު ދުވަހަކުން ރާއްޖެވަޑައިގެންނެވުމަށް ދައުވަތު ދެއްވާފައެވެ. އަދި ކްރައިސިސް މެނޭޖްމަންޓުގެ ދާއިރާއިން ރާއްޖޭގައި ތަޤުރީރެއް ކުރެއްވުމަށް ވެސް ދައުވަތު ދެއްވިއެވެ. ކޮވިޑް ޕެންޑަމިކް ތެރޭގައި ޑރ ތައުފީޤު ހުންނެވީ ސަޢުދީގެ ހެލްތު މިނިސްޓަރުގެ މަޤާމުގައެވެ. އެމަނިކުފާނު ދެއްކެވި ލީޑަރޝިޕަށް ސައުދީގެ ވެރިންނާއި ދުނިޔޭގެ ތައުރީފު ލިބިވަޑައިގެންފައިވެއެވެ. އެމަނިކުފާނު ޙައްޖު މިނިސްޓްރީއާ ޙަވާލުވެވަޑައިގަތް ފަހުން ވަރަށް މުހިންމު ހެޔޮ ބަދަލުތަކެއްވަނީ ގެންނަވާފައެވެ. އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް ސަޢުދީއަށް ވަޑައިގެންނެވީ ޑރ ތައުފީޤު ބިން ރަބީޢާ ދެއްވި ޚާއްޞަ ދަޢުވަތަކަށެވެ.

08/01/2024

ދިވެހި ޢުމްރާވެރިންނަށް ޚިދުމަތްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް...
Jazakumullah Khairan Al-Manasik

3 January g*i Kuriyah gendhevunu Mahaldheeb Hajj & Umra ge Ziyaarai dhathuruge therein...
08/01/2024

3 January g*i Kuriyah gendhevunu Mahaldheeb Hajj & Umra ge Ziyaarai dhathuruge therein...

3 January g*i kuriyah gendhevunu Hijaz Hajj And Umrah  ge Ziyaarai dhathuruge therein...
08/01/2024

3 January g*i kuriyah gendhevunu Hijaz Hajj And Umrah ge Ziyaarai dhathuruge therein...

2 January g*i kuriyah gendhevunu  Hajj & Umra ge Ziyarai dhathuruge therein...
08/01/2024

2 January g*i kuriyah gendhevunu Hajj & Umra ge Ziyarai dhathuruge therein...

1 January g*i kuriyah gendhevunu Thaabith Hajj & Umrah ge Ziyarai dhathuruge therein...
08/01/2024

1 January g*i kuriyah gendhevunu Thaabith Hajj & Umrah ge Ziyarai dhathuruge therein...

Address

Islamic University Of Madhina
Medina

Website

Alerts

Be the first to know and let us send you an email when Madhina Dharivarunge Ehee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Madhina Dharivarunge Ehee:

Shortcuts

Share