05/06/2026
5 ޖޫން 2026
އެމް އެން ޔޫ ޖޮބް ފެސްޓިވަލް 2 ވަނަ ދުވަސް ( ފަހު ދަންފަޅި)
ރޭގަނޑު ސެޝަންގެ ތެެރެއިން ވީޓް ޖަމްޢިއްޔާގެ ސްޓޯލް. މި ސްޓޯލުން ޖަމްޢިއްޔާއިން ކުރިއަށްގެންދާ އެކި އެކި ޙަރަކާތްތަކާއި އިޖްތިމާއި ގޮތުން ޖަމްޢިއްޔާ ތަކުގެ ދައުރާ ގުޅޭގޮތުންމައުލޫމާތު ފޯރުކޮށްދެވޭނެ. އަދި ޖަމްޢިއްޔާގެ މެމްބަރަކަށް ވުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެ. މިގޮތުން ޖަމްޢިއްޔާގެ ފިރިހެން ވިންގް މެމްބަރަކަށް ވުމުގެ ފުރުޞަތު ފިރިހެން ބޭފުޅުންނަށްވެސް އޮވެއެވެ.
މި ފެސްޓިވަލުގައި ބައިވެރިވުމަށް ފުރުޞަތު ދެއްވި ކަމަށްޓަކައި އެމް.އެން.ޔޫ ތިނަދޫ ކެމްޕަހުގެ އެންމެހާ ފަރާތްތަކަށް ނިހާނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. މިއީ މިގޮތުން ފެސްޓިވަލުގައި މި ޖަމްޢިއްޔާއިން ބައިވެރިވި 3 ވަނަ ފެސްޓިވަލް.