NQ Foundation

NQ Foundation Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NQ Foundation, Non-Governmental Organization (NGO), H. Seadust, Ground Floor, Male.

ރާއްޖެ އަދި އެހެނިހެން ޤައުމު ތަކުގައި އެކި ޞަދަޤާތުގެ މަސައްކަތް ހިންގަމުންދާ، ތަޢުލީމާއި މުޖުތަމަޢުގެ ޚިދުމަތްތައް ފޯރުކޮށްދޭ، ދިވެހި ޞަދަޤާތް ފައުންޑޭޝަނެއް
އޯގާތެރިކަން ހިއްސާކުރުން

15/07/2026
السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް މިވަނީ ނިމުމަކާއި ހަމައަށް އަ...
19/03/2026

السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ
މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް މިވަނީ ނިމުމަކާއި ހަމައަށް އައިސްފައެވެ. އެން.ކިއު.އެފް ގެ ފަރާތުން ރަމަޟާން މަހާއި ގުޅުވައިގެން ހިންގަމުންދާ ފަޤީރުންނާއި މިސްކީނުންނަށް ކާބޯތަކެއްޗާއި، އެހީފޯރުކޮށްދިނުމާއި، އަދި އިފްތާރު ޕްރޮގްރާމަށް ތިޔަ ލޮބުވެތި އެންމެހައި ބޭފުޅުން ދެއްވި އަދި ދެއްވަމުން ގެންދާ އެހީއަށް އެން.ކިއު.އެފް ގެ ފަރާތުން ވަރަށް އިޚްލާސްތެރި ކަމާއެކު ޝުކުރު ދަންނަވަމެވެ. މި ރަމަޟާންމަހު ތިޔަބޭފުޅުންގެ އެހީގައި އެވަރެޖްކޮށް ދުވާލަކު 6000 އަށްވުރެ ގިނަ ރޯދަވީއްލުން 4 ޤައުމެއްގެ ފަޤީރުންނާއި މިސްކީނުންނަށް ފޯރުކޮށްދެވި، ރެފިއުޖީ ކޭމްޕް ތަކަށާއި ގެތަކަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދެވިފައިވެއެވެ. މީގެތެރޭގައި ހުވަފަތްވެ ޢާއިލާތައް އެކަނި ބަލަހައްޓަމުންދާ މައިންނާއި ޔަތީމު އެތަށް ކުދިންނެއް ވެސް ހިމެނެއެވެ.

އަޅުގަނޑުމެންނަށް ކުޑަ އަދަދެއް - އެހެންނަމަވެސް އެނިކަމެތީންނަށް ވަރަށް ބޮޑު ބަދަލެއްގެނައި ކަމެއް!

الحمدلله ނިކަމެތި ފަޤީރު އެތައް ޢާއިލާތަކެއްގެ ޙާލަތު ރަނގަޅުވެ ހިނިތުންވުން ގެނުވި ސަބަބަކަށް ވުމުގެ ފުރުޞަތު އަޅުގަނޑުމެން އެންމެނަށް ދެއްވީތީ މާތްﷲ އަށް ޝުކުރު ކުރަމެވެ. މާތްﷲ ތިޔަ އެންމެ ބޭފުޅުންނަށް އެކަމުގެ ހެޔޮ ޖަޒާ ދެއްވާށި. އާމީން.

މިޕްރޮގްރާމުގައި ޢީދުގެ އުފަލުގައި ފަޤީރުންނާއި މިސްކީނުން ބައިވެރިކޮށް ހަދިޔާދީ އެހީވުންވެސް ހިމެނެއެވެ. އަދި އިންޝާﷲ ހަރޯދަ ނިމެންދެންވެސް މިކަން ކުރިއަށް ދާނެއެވެ. މިކަމަށް ތިޔަ އެންމެހައި ބޭފުޅުންގެ ޞަދަޤާތް ބޭނުން ކުރެވޭނެ އެވެ.

އެހީފޯރުކޮށްދިނުމަށް:
7770000187616 (ރުފިޔާ)
7770000187617 (ޑޮލަރު)
އެކައުންޓު ނަން: ނޫރުލް ޤުރްޢާން ފައުންޑޭޝަން.
(ބީ އެމް އެލް އިސްލާމިކް)

12/03/2026

السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ
އެން ކިއު އެފް ގެ ފަރާތުން މި ރަމަޟާން މަހުގެ ފަހުދިހައަކާއި ގުޅުވައިގެން އިންތިޒާމްކޮށް ހިންގަމުންދާ އިފްތާރު ޕްރޮގްރާމް ފުޅާކޮށް އަފްޣާނިސްތާނުގައި ދިރިއުޅެމުންދާ ފަޤީރުންނަށް ވަނީ ފަށާފައެވެ.

މިކަމުގައި އެހީތެރިވި އަދި ވަމުންދާ ހުރިހައި ލޮބުވެތި ބޭފުޅުންނަށް މާތް ﷲ ހެޔޮޖަޒާ ދެއްވާށި. އާމީން.

އެން ކިއު އެފް ގެ އިފްތާރު ޕްރޮގްރާމް ގައި ހިއްސާވުމަށް
ބޮލަކަށް ދުވަހަކަށް 28ރ

7770000187616-MVR
7770000187617-USD
NOORUL QUR AN FOUNDATION / BML ISLAMIC

ޞަދަޤާތްދިނުމަކީ ފާފަ ފޮހެވޭ ކަމެކެވެ.
މާތްﷲ އަޅުގަނޑުމެންގެ ހެޔޮ އަމަލުތައް ގަބޫލުކުރައްވައި، ބަރަކާތް ލައްވާށި! އާމީން.

އެން ކިއު އެފް ގެ  ފަރާތުން  މި ރަމަޟާން މަހުގެ ފަހުދިހައަކާއި ގުޅުވައިގެން އިންތިޒާމްކޮށް ހިންގަމުންދާ އިފްތާރު ޕްރޮގްރ...
11/03/2026

އެން ކިއު އެފް ގެ ފަރާތުން މި ރަމަޟާން މަހުގެ ފަހުދިހައަކާއި ގުޅުވައިގެން އިންތިޒާމްކޮށް ހިންގަމުންދާ އިފްތާރު ޕްރޮގްރާމް ފުޅާކޮށް އަފްޣާނިސްތާނުގައި ދިރިއުޅެމުންދާ ފަޤީރުންނަށް ވަނީ ފަށާފައެވެ.

މިކަމުގައި އެހީތެރިވި އަދި ވަމުންދާ ހުރިހައި ލޮބުވެތި ބޭފުޅުންނަށް މާތް ﷲ ހެޔޮޖަޒާ ދެއްވާށި. އާމީން.

އެން ކިއު އެފް ގެ އިފްތާރު ޕްރޮގްރާމް ގައި ހިއްސާވުމަށް

7770000187616-MVR
7770000187617-USD
NOORUL QUR AN FOUNDATION / BML ISLAMIC

ޞަދަޤާތްދިނުމަކީ ފާފަ ފޮހެވޭ ކަމެކެވެ.
މާތްﷲ އަޅުގަނޑުމެންގެ ހެޔޮ އަމަލުތައް ގަބޫލުކުރައްވައި، ބަރަކާތް ލައްވާށި! އާމީން.

السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُރަމަޟާން މަހުގެ ބާކި އޮތް ދުވަސްތަކުގައި އަފްޣާނިސްތާނުގައި އުޅޭ ފަޤ...
11/03/2026

السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ
ރަމަޟާން މަހުގެ ބާކި އޮތް ދުވަސްތަކުގައި އަފްޣާނިސްތާނުގައި އުޅޭ ފަޤީރުންނަށް ރޯދަވީއްލުން ދިނުމައް ވަނީ ހަމަޖެހިފަ އެވެ. މިކަމުގައި އެހީތެރި ވަމުންދާ ހުރިހައި ލޮބުވެތި ބޭފުޅުންނަށް މާތް ﷲ ހެޔޮޖަޒާ ދެއްވާށި. އާމީން.

އެން ކިއު އެފް ގެ އިފްތާރު ޕްރޮގްރާމް ގައި ހިއްސާވުމަށް.
7770000187616-MVR
7770000187617-USD
NOORUL QUR AN FOUNDATION / BML ISLAMIC

السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ  ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ ދަރުމަ  އާއި ޘަވާ ބަށް އެދި ފަޤީ...
22/02/2026

السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ
ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ ދަރުމަ އާއި ޘަވާ ބަށް އެދި ފަޤީރުންނަށް އެހީ ފޯރުކޮށްދެމާ!
ޒައިދު ބްނު ޚާލިދު އަލްޖުހަނީ رضي الله عنه ގެ އަރިހުން އައްތިރިމިޛީ ރިވާކުރެއްވިއެވެ. ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّم ޙަދީޘުކުރެއްވިއެވެ. ރޯދަވެރިއަކު ރޯދަވީއްލާނެ އެެއްޗެއް ދިިން މީހާއަށް އެ ރޯދަވެރިޔާގެ ދަރުމައާ އެެއްވަރަށް ދަރުމަ ލިބޭނެއެވެ. އެއީ އެ ރޯދަވެރިޔާގެ ދަރުމައިން އެެއްވެސް އެއެްޗެއް އުނިވުމެެއް ނެތިއެވެ.
ފަޤީރުންނާއި ނިކަމެތިންނަށް ޞަދަޤާތްދީ އެބައިމީހުންގެ ބޭނުންތައް ފުއްދައިދިނުމަކީ އިސްލާމްދީން އަބަދުވެސް ބާރުއަޅާފައިވާ ކަމެކެވެ. ރަމަޟާން މަހަކީ ހުރިހައި އެޔޮ ކަމެއްެގެ ދަރުމަ އެެެެެތައް ގުނައަކަށް އިތުރުވެގެންދާ މަތިވެރި މައްސަރަށް ވާއިރު، އެމައްސަަރުގައި ކުރެވޭ ޞަދަޤާތުގެ ދަރުމަވެސް ވަނީ އިތުރުކުރައްވާފައެވެ.
ރޯދަވެރިއަކަށް ދެވޭނެ އެންމެ ރަނގަޅު ޞަަދަޤާތަކީ އޭނާއަށް ރޯދަވީއްލާނެ އެެއްޗެެއް ދިނުން ކަމުގައިވާއިރު، މަދުވެގެން އެކަކަށް ކޮންމެ ދުވަހަކު ރޯދަވިއްލާނެެ އެއްޗެއް ދިނަސް އެއް ރޯދައިން އެ ހޯދުނީ ދެ ރޯދައިގެ ދަރުމައެވެ.
ކުރިއަށް އޮތް ރަމަޟާން މަހު އެން.ކިޔު.އެފް އިން ތިޔަބޭފުޅުންގެ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ:
📍 ބަންގްލަދޭޝްގެ ރަށްފުށު ސަރަހައްދުތައް: ދިރިއުޅުމުގެ އަސާސީ ބޭނުންތަކަށް ދަތިވެފައިވާ އާއިލާތަކަށް ރޯދަވިއްލުން ފޯރުކޮށްދިނުން.
📍 ރޮހިންގާ ރެފިއުޖީ ކޭންޕުތައް: ހާލުގައި ޖެހިފައިވާ ރޮހިންގާ މުސްލިމުންނަށް ރޯދަވީއްލުމާއި ހާރުކެއުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުން.
📍 ޕާކިސްތާނުގެ ފަރުބަދަމަތީ އެކަހެރި ހިސާބުތަކުގަ އޮންނަ ވަރަށް ފަޤީރު ވިލެޖްތަކަށް
📍ފަލަސްތީން-ޣާޒާގައި ހާލުގައި ޖެހިފައިވާ ނިކަމެތިންނަށް
ޞަދަޤާތްދިނުމަކީ ފާފަ ފޮހެވޭ ކަމެކެވެ.
މާތްﷲ އަޅުގަނޑުމެންގެ ހެޔޮ އަމަލުތައް ގަބޫލުކުރައްވައި، ބަރަކާތް ލައްވާށި! އާމީން.

Address

H. Seadust, Ground Floor
Male
20044

Website

Alerts

Be the first to know and let us send you an email when NQ Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share