Voice Of Raajjethere

Voice Of Raajjethere We are the neglected second class citizens of the Maldives.

13/08/2024

މާލެ – ރާއްޖެތެރެ ގެދޮރުގެ މައްސަލައިގައި ކޮންމެހެން އެގެންޖެހޭ މުހިންމު 7 ކަމެއް.

1. ހިލޭ ބިންދެނީ ކޮންބަޔަކަށް ކޮންތަނަކުން އަދި ކިހާވަރަކަށް؟
ހިލޭ ދޫކުރަނީ ހުޅުމާލެއިން 1،000 ބިމާއި އަދި ގުޅީފަޅާއި ހިއްކަންވެސް ނުފަށާ ފަޅަކުން 4،000 ބިމެވެ. މީގެ ތެރެއިން ހުޅުމާލެ ފިޔަވައި އެހެން ސަރައްހަދުތައް ދިރިއުޅެވޭ ހާލަތަށް ގެނައުމަށް މަދުވެގެން 10 އަހަރު ނަގާނެއެވެ. ގިނަ ބައެއްގެ އަމާޒުހުރީ ހުުޅުމާލެއިން ދޫކުރާ 1،000 ގެވަޅަށެވެ.

2. މާލެ ރައްޔިތުންނަށް ބިން ހިލޭ ދޫކުރަނީ 40 އަހަރަށް ފަހުތަ؟
މާލޭގެ ރައްޔިތުންނަށް ހިލޭ ބިންދޫކުރަނީ 40 އަހަރަށްފަހު ދެކެވޭ ވާހަކައަކީ ކަނޑައެޅިގެން ބޮޑު ދޮގެކެވެ. ދެހާސް އެގާރަވަނަ އަހަރު މާލޭގެ 250 މީހަކަށް 3 ބިލިއަނަށްވުރެ އަގުހުރި ބިންވަނީ ހިލޭ ދެވިފައެވެ. މިއީމާލޭގައި އޮންނަބިންކޮޅު ދައުލަތަށް ލިބޭގޮތަށް ހިންގި މަޝްރޫޢުއެއް ނަމަވެސް، ދައުލަތަށް މިބިންތަށް ލިބުނުކަމުގެ އެއްވެސް ލިޔެކިޔުމެއް ފެންނާކަށް ނެތެވެ.

3. ސަރުކާރުން ހިންގި ގެދޮރުވެރި ކުރުމުގެ މަޝްރޫޢުތަކުން މާލޭގެ ރައްޔިތުން ބާކީ ކުރެވުނުތަ؟
ވޭތުވެދިޔަ 20 އަހަރު ދައުަލަތުން ހިންގި އަސާސީ ގެދޮރު މަޝްރޫއުތަކުން އަބާދީގެ ނިސްބަތުން އެންމެ ގިނަ ބިމާއި ގެދޮރު ލިބުނީ މާލޭގެ ރަށްވެހިކަން އޮންނަ ރައްޔިތުންނަށެވެ. އަދި އެންމެ އަގުހުރި ބިމާއި ގެދޮރުވެސް ލިބުނީ މާލެގެ ރަށްވެހިކަން އޮންނަ ރައްޔިތުންނަށެވެ. ވުމާއެކު މާލޭގެ އެންމެނިކަމެތިންނަށް މިމަޝްރޫޢުތަކުން މިހާރު ހުންނަންވާނީ ބިމާއިގެދޮރު ލިބިފައެވެ.

4. ބޯހިޔާވަހިކަމުގެ ދަތިކަން އޮތީ މާލޭގެ ރައްޔިތުންނަށް އެކަނިތަ؟
މާލޭގެ ގެދޮރު އިމާރާތްތަކުގެ 50 އިންސައްތައަށް ވުރެ ގިނަ ޖާގަ ހުރީ ކުއްޔަށް ދެވިފައިކަމަށް ދިރާސާތަކުން ދައްކައެވެ. ސުވާލަކީ މާލެއަށް ދިމާވެގެން އުޅެނީ ގެދޮރުގެ ދަތިކަމެއްތޯ ނުވަތަ ކުއްޔަށްދީގެން އާމްދަނީ ހޯދާނެގޮތެއްގެ ދަތިކަމެއްތޯއެވެ؟ މިގޮތުން އެންމެ ފަހުން ދެވުނު ގިނަ ބިންތަކަކީ މިލިއަން ރުފިޔާގެ ކުލީގެ ވިޔަފާރި މިހާރު ހިނގަމުންދާ ބިންތައްކަމެވެ. އަދި ރާއްޖޭގެ ގިނަ ރަށްރަށުގައި ބިންދޫނުކުރާތާ 30 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާކަން ފާހަނގަކުރެވެއެވެ.

5. މާލޭގެ ނިކަމެތިންނަށް ހިލޭ ބިންދީގެން ގެދޮރުވެރިކުރެވިދާނަތަ؟
މާލޭގެ ރައްޔިތުންގެ ތެރޭގައިވެސް ދަތި ހާލުގައި އުޅެމުންދާ ބަޔަކަށް ބިންދީގެން ގެދޮރު އިމާރާތްކުރާނީ ކިހިނަކުންތޯ ސުވާލު އުފެދެއެވެ. އަދި މިލިއަން ޑޮލަރުގެ ގެދޮރު އިމާރާތްކުރުމުގެ ޤާބިލްކަން ހުރިނަމަ އެއީ ނިކަމެތިން ހެއްޔެވެ؟ އަދި އެހެ މަޝްރޫއުތަކުން ގެދޮރު ގަންނަން ޖެހުނު މާލޭގެ ނިކަމެތިންނަށް އޮތް އިންސާފެއްތޯ މިއީވެސް އުފެދޭ ސުވާލެކެވެ. އަދި މިފަދަ ފަރާތްތަކަށް ހިޔާ މަޝްރޫއު ނުވަތަ ވިނަރެސް މަޝްރޫއުއިން ހިލޭ ނުވަތަ ހެޔޮ އަގެއްގައި ގެދޮރު ނުދިނުމުން ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތެވެ. އަދި 20000 ފްލެޓް އިމާރަތްކުރެވެން އޮތް ބިމެއްގައި މަދުބަޔަކަށް ގެވަޅު ދިނުމުން މާލެގެ ބާކީތިބި ރައްޔިތުން ގެދޮރުވެރި ކުރުވާނީ ކިހިނަކުންތޯ ސުވާލު އުފެދެއެވެ.

6. ރާއްޖެތެރެއިން މާލޭގެ މީހުންނަށް ގެވަޅު ނުލިބޭތަ؟
ރާއްޖެތެރެއިން އެންމެ ފަހުން ދޫކުރެވެނު ގެވަޅުތައް ލިބުނު ފަރާތްތަކުގެ ނިސްބަތުން ބަލާއިރު މާލޭގެ މީހުންގެ އަދަދެއް މަދެއް ނޫނެވެ. އަދި ދިވެހިރާއްޖޭގެ ރަށެއްގެ ރައްވެއްސަކަށް ވުމުގެ ޤާނޫނުގެ ދަށުން މާލެގެ ރައްޔިތަކުވެސް އެހެން ރަށެއްދިރިއުޅޭތާ 5 އަހަރުވުމުން އެރަށެއްގެ ރަޖިސްޓްރީއަށް ބަދަލުވެ، އެރަށަކުން ދޫކުރާ ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާނެއެވެ.

7. މާލޭގެ ރަޖިސްޓްރީއަށް ބަދަލުވާ ރަށްރަށުގެ ރައްޔިތުންނަށް ރަށުން ގެދޮރު ލިބޭތަ؟
ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމުގެ ޤާނޫނު އޮންނަގޮތުން އެއްވެސް ރަށެއްގައި ފަސް އަހަރު ދިރިއުޅެފިނަމަ، އަދި އެމީހަކު އެދެފިނަމަ ކުރީގެ ރަޖިސްޓްރީ އޮންނަ ރަށުގެ ރަށްވެހިކަން ދޫކޮށްލަންޖެހެއެވެ. ވުމާއެކު މާލެއިން ބޯހިޔާވަހިކަން ލިބޭ މިފަދަ ފަރާތްތަށް އެމީހެއްގެ ކުރީގެ ރަށުގެ އަސާސީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޝަރުތު ހަމަނުވާނެއެވެ. މާލޭގައި ކުލި ދައްކައިގެން އުޅޭ ގިނަ އާއިލާތަށް ރަށްރަށުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ބާކީވާ މައިގަނޑު ސަބަބަކީ ރަށުގައި ދިރިނޫޅޭތީވެ ބާކީވާ ބާކީވުމުވެ. މިފަދަ ފަރާތްތަކަށް ރަށުންވެސް އަދި ދިރިއުޅޭ މާލެއިންވެސް ބާކީވުމަކީ އެޕަރތައިޑް ސިޔާސަތު ނޫން ކޮން ކަމެއްތޯއެވެ.

ވީމާ، އުފަންވީ ތަނަށް ނުވަތަ ދާއިމީ އެޑްރެހަށް ބަލައިގެން ބޯހިޔާވަހިކަން ދިނުމަކީ ރައްޔިތުންގެ އެތަކެއް ހައްގުތަކެއް އެކަމުގެ ސަބަބުން ގެއްލިގެންދާ ޤާނޫނާ އަސާސީއާ ހިލާފު ކަމެކެވެ. އުފަންވީއްސުރެން މާލޭގައި ދިރިއުޅެމުން އަންނަ އެހެން ނަމަވެސް ދާއިމީ އެޑްރެސް އެހެން ރަށަކަށް ރަޖިސްޓްރީ ވެފައި ތިބި އެތައް ބަޔަކު މާލޭގައި އެބަ ދިރިއުޅެއެވެ. އެމީހުންނަކީ މާލޭގެ ރަށްވެހިން ނުވަތަ ވަޒަންވެރިން ކަމުގައި ސަރުކާރުން ބަލައިނުގަންނަނީ ކީއްވެތޯއެވެ؟ މިއީ ނަސްލީ ތަފާތުކުރުމެކެވެ. ރާއްޖެތެރޭ މީހުން ދެވަނަ ދަރަޖައިގެ ނިކަމެތިން ކަމުގައި ދުށުމެވެ

Olhuvaa nulaa. Boahiyaavahi kamakee hiley bin behumeh noon. Boahiyaavahi kamakee dhiriulheyne thaneh hadhaafa dhekkun. M...
09/08/2024

Olhuvaa nulaa. Boahiyaavahi kamakee hiley bin behumeh noon. Boahiyaavahi kamakee dhiriulheyne thaneh hadhaafa dhekkun. Mee vaki baehge faidhaa ah hingaafa oi khiyaanaathuge amaleh.

Dhauru explores the latest happenings and trends in Maldives, and covers them in a way that is worthy of your time and attention.

Government grants Real Estate business opportunities to Male’ citizens. First they distributed free land which is worth ...
07/08/2024

Government grants Real Estate business opportunities to Male’ citizens.
First they distributed free land which is worth 15 million each. Then they grant low interest loans.
Second class citizens, prepare to pay rent and spend your whole life as rent-slaves. Your only fault is not being born in Male’.

05/08/2024

އެމްޑީޕީ އިން ރާއްޖެތެރޭ މީހުންގެ ހައްގަށް އަރައިގަތީ. ޕީއެންސީއިން ރާއްޖެތެރޭމީހުންނަކީ ދެވަނަދަރަޖައިގެ ބައެއްކަން ކަށަވަރުކޮށްދިނީ. ދެންވެސް މާލެސަރުކާރުތަކަށް ސަނަކިޔާފަ އަތްޖަހައި ކުލީގެ އަޅުވެތިކަމުގައި އުޅެންވީތަ ؟

01/08/2024
31/07/2024

Good question

Civil service noonee "sarukaaru ge khidhumaiytherin" ah ekani balaalama

Average civil servant salary:
8,000-10,000

Monthly expenses :-
Average 1 room apartment rent: 9,000-12,000
Electricity/water: 1,500
Phone bills, internet: 1,000
Food and other essentials: 5,000
Dharinge tuition, schoolah hoadhan jehey thakethi: 2,000
Total: 21,000 minimum for basic needs

Additional:
Petrol if you drive
Bus / taxi if you don't drive
Office kudhin raavaa keumah chandhaa
Dhari school ga oi party ah pizza
= 2,000?

Two civil servants living together making 10,000 each = 20,000

Now tell me how people survive..

There are very few countries that have tourist visits 3 to 4 times the population. Yet huge majority of the Maldivians d...
29/07/2024

There are very few countries that have tourist visits 3 to 4 times the population. Yet huge majority of the Maldivians don’t benefit from this. What’s worse is Maldives carries 124 billion mvr debt despite all that revenue. Why?
• Unequal distribution of wealth.
• Injustice and unfair policies that give advantage to certain categories of people.
• Corrupt politicians

Sadly average citizens are useful when it comes to paying taxes.

Nothing has changed. Male’ government still treats Raajjethere people as second class citizens.
28/07/2024

Nothing has changed. Male’ government still treats Raajjethere people as second class citizens.

ތިރީގައި މިވަނީ ސުވާދީބު ސަރުކާރުގެ ރައީސް އަބްދުﷲ އަފީފު ދީދީ އިނގިރޭސިވިލާތުގެ ޓައިމްސް އޮފް ލަންޑަން ނޫހުގެ އެޑިޓަރަށް ފޮނުއްވި ސިޓީގެ ޚުލާސާ ތަރުޖަމާއެކެވ...

24/07/2024

ކިތައްރަށުގަތަ 300 މިލިޔަން ޑޮލަރާ 500 މިލިޔަން ޑޮލަރުގެ ބުރިޖު ދަމާފަ އޮތީ؟ މިއީ ހުސް ދަރަނިނަގައިގެން ދައުލަތުން ހިންގާފަ އޮތް ޕްރޮޖެކްޓްތައް. ބިން ބަހަންޖެހެނީ ވަކިބަޔަކަށް އެކަނިތަ؟ ޓެކްސް ދައްކަނީ ވަކިބައެއް އެކަނިތަ؟

Address

Raajjethere
Male

Website

Alerts

Be the first to know and let us send you an email when Voice Of Raajjethere posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share