05/10/2026
މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި މުދައްރިސުންނަށާއި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ އެންމެހާ ބޭފުޅުންނަށް އަރިސްކުރަން.
މިއަދުގެ މުނާސަބަތުގައި ކަސްޓަމްސް އެކަޑަމީގެ މުދައްރިސުން، މަސައްކަތުގެ އިލްމާއި ހުނަރު ކުރިއެރުވުމަށާއި، މި މުއައްސަސާގެ ޤާބިލުކަން އިތުރުކުރުމަށް ކުރައްވާ މިންނެތް މަސައްކަތް ފާހަގަކޮށްލަން. އަދި ކަސްޓަމްސްގެ މުސްތަގުބަލު ބައްޓަންކުރުމުގައި ތިޔަ ދެއްވާ އިރުޝާދާއި، ފޯރުކޮށްދެއްވާ ހިތްވަރާއި، އާ ޖީލެއް ބިނާކުރުމަށް ތިޔަ ކުރައްވާ މުހިންމު މަސައްކަތަށްޓަކައި އިހުލާސްތެރި ޝުކުރެއް ދަންނަވަން. 👏👏👏