04/05/2025
ފާތިމަތު ޝިމްލާ (27 އަހަރު) އައްޑޫ ސިޓީ ހިތަދޫ އަށް ނިސްބަތްވާ ޒުވާނާއަކީ ކުޑަ ދެ ދަރިންގެ ޒުވާން މަންމައެކެވެ. ބޮޑު ކުއްޖާއަށް 6 އަހަރު އިރު ކުޑަ ދަރިއަށް އެންމެ 4 އަހަރެވެ. މިވަގުތު ހާލަތު ހުރިގޮތުން ފިރިމީޙާ މިހާރު ދަނީ ވަޒީފާ ދޫކޮށް ރަށުގައި މަޑުކުރުމަށްފަހު ޝިމްލާއަށް އެހީތެރިވުމަށާއި އެކު ޝިމްލާ ގޮވައިގެން ފުރުމަށް ތައްޔާރުވަމުންނެވެ.
ޝިމްލާއަކީ އެތަކެއް ވޭނަކާ ތަދުތަކެއް ތަހައްމަލް ކުރަމުންދާ ދެކިޑުނީވެސް ފެއިލްވެފައިވާ ޕޭޝަންޓް އެކެވެ. ޟިމްލާ މިވަގުތު ދަނީ ހަފުތާއަކު ތިންފަހަރު ޑައިލިސިސް ހަދަމުންނެވެ. ހަފުތާއަކު 3 ފަހަރި ޑައިލިސިސް ހެދުމަކީ އެހާ ފަސޭހަކަމެއްނޫނެވެ. އެހަދާ ކޮންމެ ދުވަހަކު އެތަކެއްވޭނެ ތަހައްމަލް ކުރަން ޖެހެއެވެ. ނަމަވެސް މިވަގުތު އޮތް ހައްލަކީ މިއެވެ.
ސަބަބަކީ ޝިމްލާގެ މަންމަގެ ހަތަރު ދަރިން ތިބި އިރު އަދި ކިޔަވާ ކުދިން ތިބުމާއިއެކު މިވަގުތު މާލީ ހާލަތު ތަންނުދޭތީ އަދިވެސް ޝިމްލާ މެނަށް ވަނީ ރާއްޖެއިން ބޭރަށް ކިޑުނީ ޓުރާންސް ޕްލާންޓްއަށް ޑޯނަރެއް ހަމަޖެހިފައިވީ ނަމަވެސް، ޓްރާންސްޕްލާންޓް ހެދުމަށް ދެވޭގޮތް ނުވެފައެވެ.
އެންސްޕާއިން އިން ޕޭޝަންޓްގެ އިތުރަށް ޑޯނަރ އަދި އެހީތެރިޔާއަށް ވަނީ ޓިކެޓް ހަމަޖެހިފައެވެ. ނަމަވެސް މި ޓުރާންސްޕްލާންޓް ހެދުމާ ހަމައަށް ހުރުމާއި ޓްރާންސްޕްލާންޓް ގެ އިތުރަށް ޓްރާންސްޕްލާންޓްއަށް ފަހުވެސް އިންޑިއާ ގައި ތިބެންޖެހޭއިރު މި ހަރަދު ތަކަކީ އެންމެ ހާސް ދެހާހަކުން ނިމޭނެ ކަންތައްތަކެއް ނޫނެވެ. ވީމާ، ޝިމްލާ އަދި އާއިލާ އެދެނީ ތިޔަ އެންމެހާ ބޭފުޅުންގެ ކުޑަ ނަމަވެސް މާލީ އެހީތެރިކަމެވެ.
މިޕޯސްޓްގައި ހިމެނޭ ފޮޓޯތަކަކީ ޝިމްލާގެ ކޮންޑިޝަން ބަޔާންކުރާ ޑޮކްޓަރގެ ލިޔެކިޔުމެވެ.
ތިރީގައި ދެންނެވިފައިވަނީ ޝިމްލާގެ އެކްއުންޓް ނަންބަރު އަދި ފޯނުނަންބަރެވެ.
9467987 - ފާތިމަތު ޝިމްލާ
7730000165376- ފާތިމަތު ޝިމްލާ