Male’ Youth Community

Male’ Youth Community Non-Profit Organisation founded by the youth of Machangolhi, in order to help the needy and elderly within Male' city.

މާލޭ ޔޫތް ކޮމިޔުނިޓީ އަކީ 21 އޭޕްރީލް 2021 ގައި މިނިސްޓްރީ އޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓްގެ ދަށުގައި ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާއެކެވެ. ޖަމްޢިއްޔާގެ ރަޖިސްޓްރީ ނަމްބަރަކީ CR/33/2021 އެވެ. ޖަމްޢިއްޔާ ރަޖިސްޓްރީ ކުރެވިފައިވާނީ މއ. ޒާހިދާމަންޒިލްއަށެވެ. އަދި ހަމަ ޖަމްޢިއްޔާގެ އިދާރީ އޮފީސް ހުންނާނީވެސް މއ. ޒާހިދާމަންޒިލްގައެވެ. ޖަމްޢިއްޔާގެ ރަސްމީ ފޯނު ނަމްބަރަކީ 7700788 އެ

ވެ.

އަޅުގަނޑުމެންގެ ޖަމްޢިއްޔާއަކީ ވަރަށް ފަހުން އުފަންވި ޖަމްޢިއްޔާއެއް ކަމަކު އަޅުގަނޑުމެންނަކީ ފަރުދީގޮތުންވެސް މުޖުތަމަޢު ބާރުވެރި ކުރުވުމުގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ބަޔަކީމުއެވެ. އަދި ތަޖުރިބާއާއި ޤާބިލުކަންވެސް ހުރި ފަރާތަކީމެވެ. އަޅުގަނޑުމެންގެ މައިގަނޑު މަޤްސަދަކީ ހިލޭ ސާބަހަށް ޒުވާނުންނަށް ކުޅިވަރުގެ ގިނަ ކަންކަން ފަހިކޮށްދިނުމެވެ.

މި ޖަމްޢިއްޔާގެ މައިގަނޑު މަޤްސަދަކީ ޒުވާންޖީލު ހަލާކުވިޔަނުދީ ޒުވާނުން ހުސްވަގުތު ބޭކާރު ކަންކަމުގެ ތެރެއިން ނެރެ އެ ޒުވާނުންނަކީ ހުސްވަގުތު ބޭނުންތެރި ކަމެއްގައި މަޝްއޫލުވާ ބަޔަކަށް ހެދުމެވެ. ކުށްކުރުމާއި ކުށުގެ ޝިކާރައަށް ވާން ދޫކޮށްނުލާ ގުޅިގެން އެންމެން އެއް މާހައުލެއްގައި މުޖުތަމަޢުގައި ބައިވެރިވާ ބަޔަކަށް ވުމެވެ.

މި މަޝްރޫޢު ކުރިއަށް ގެންދަން ޤަސްދުކުރަނީ އިސްވެ ދެންނެވި ނަތީޖާ ނެރެވޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އޮތުމުންނެވެ. އަދި ޒުވާނުންނަށް ފަހި ފުރުސަތުތައް ހޯދައިދީގެން މެނުވީ މުޖުތަމަޢުގައި އެފަރާތްތަކަށް އޮންނަންވާ ޙައްޤު މަޤާމް ނުލިބޭނެތީއެވެ.

Address

Ma. Zahidha Manzil
Male
20240

Telephone

+9607700788

Website

Alerts

Be the first to know and let us send you an email when Male’ Youth Community posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Male’ Youth Community:

Share