Kaleyfaanu

Kaleyfaanu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kaleyfaanu, Community Organization, .

ކެންދޫގެ ރަސްމީ އިދާރާއަކުން އަދި ހާއްސަކޮށް ކެންދޫ ކައުންސިލުން މީސްމީޑިޔާގައި ހިއްސާކުރާ މައުލޫމާތު ވާންޖެހޭނީ އޭގެސަބ...
02/09/2026

ކެންދޫގެ ރަސްމީ އިދާރާއަކުން އަދި ހާއްސަކޮށް ކެންދޫ ކައުންސިލުން މީސްމީޑިޔާގައި ހިއްސާކުރާ މައުލޫމާތު ވާންޖެހޭނީ އޭގެސަބަބުން ރަށުގެ ނަމާއި ތާރީޚަށް އުނިއިތުރު ނުވަތަ ގަޑުބަޑުވުމެއް ނާންނާނެފަދަ މައުލޫމާތަކަށެވެ! ކެންދޫގައި ހުންނަނީ ބަރުބަރީގެ ޒިޔާރަތެއް ކަމުގައި ދޭހަވާ މޭރުމުން ތަބުރޭޒީގެ ނަން އެއްގޮތަކަށްވެސް ގެނެސްފައި ނެތުމަކީ ބޮޑު ގޯހެކެވެ! އަންޒަމާނުއްސުރެ ކެންދޫ މީހުން ކިޔާ އުޅެނީ ތަބުރޭޒުގެފާނުގެ ޒިޔާރަތެއް ކަމަށެވެ! އަދި ކެންދޫގެ ޤަދީމީ ލިޔުންތަކުގައިވެސް ލިޔެފައި އޮތީ އެއީ ތަބުރޭޒީ ކަމަށް!

1985ވަނަ އަހަރުގެ ތިޔަ އޮފީހުން ފުރުއްވާފައިވާ "ރާއްޖެތެރޭގައި ހުރި ޒިޔާރަތްތަކާބެހޭ މައުލޫމާތުފޯމު" ގައި ވެސް ލިޔެފައި އޮންނަނީ ތަބުރޭޒީކަމަށް! އަދި 2005ވަނަ އަހަރު ވެސް ތިޔަ އިދާރާއިން އާއްމުކޮށްފައިވާ "ކެންދޫ މަޤާމް އާއި ބެހޭ ތަޢާރަފެއް" މި މައުލޫމާތުގައިވެސް ލިޔެފައިވަނީ ތަބުރޭޒްގެފާނުގެ ނަމުގައިވާ ޒިޔާރަތެއް ކަމަށެވެ! ވީއިރު މިއަދު ކުއްލިއަކަށް ބަރުބަރީއަށް ބަދަލުވުމަކީ މާދަމާގެ ޖީލަށް ރަށުގެ ތާރީޚާއި ބެހޭގޮތުން މައުލޫމާތު ހޯދާއިރު ރަށުގެ ތާރީޚު އޮޅުންބޮޅުންވެދާނެ ކަމެކެވެ. ވީއިރު ރަށުގެ ޤަދީމީ ލިޔުންތަކާއި ރަށުގެ މި ތާރީޚީ ވާހަކައަށް ގަޑުބަޑު ނުގެނައުމަށް "ކަލޭފާނު" އިން ގޮވާލަމެވެ!

އާދޭހެވެ! ބަރުބަރީގެ ނަމަކީވެސް ދޫކޮށްލެވެން ނެތް ނަމެކެވެ! މާތުރަ، ކެންދޫގެ ތާރީޚާއި އަދި ކެންދޫގެ މަޤާމާއި ގުޅިގެން ބަރުބަރީގެ ނަން ގެނައުމަކީ ގޯހެކެވެ! ގެންނަނަމަ ގެންނަންވީ އިހު އޮތް ގޮތަށް (1985ގައި ލިޔެފައިވާ ގޮތަށް) ބުރެކެޓެއްގެ ތެރޭގައެވެ!
Secretariat of the Kendhoo Council, South, Maalhosmadulu
Lucas Jaleel
Ministry of Arts, Culture and Heritage

މަގެއްގެ ދެފަރާތް! ވެއްޓާއި ވެށީގެ އިހުސާސް ދަންނަ ފަރާތަކާއި ވެއްޓާ ބީރައްޓެހި ފަޅު ފަރާތެއް! އެއްފަރާތުގައި ދިވެހި އާއ...
16/08/2026

މަގެއްގެ ދެފަރާތް! ވެއްޓާއި ވެށީގެ އިހުސާސް ދަންނަ ފަރާތަކާއި ވެއްޓާ ބީރައްޓެހި ފަޅު ފަރާތެއް! އެއްފަރާތުގައި ދިވެހި އާއިލާތަކުގެ ގެދޮރު، އަނެއްފަރާތުގައި ސަރުކާރު ކުންފުންޏެއްގެ ބޮޑު އިމާރާތެއް! ވިސްނުމާއި ފިކުރު ކުރުމުގައި ހުރި ފުށުއެރުމެއް!

ރަނގަޅު އަދި ވަކިން މޮޅު ގޮތަކީ ކޮބާ؟ ލައްކަ ދިމަދިމާލަށް ސިކުނޑި އަނބުރާ ހިޔާލުކޮށް ގޮތްނިންމާ!
29/07/2026

ރަނގަޅު އަދި ވަކިން މޮޅު ގޮތަކީ ކޮބާ؟ ލައްކަ ދިމަދިމާލަށް ސިކުނޑި އަނބުރާ ހިޔާލުކޮށް ގޮތްނިންމާ!

21/05/2026

ކުޑަކުދިންނަށް ހާއްސަ ލަވައެއް....
ނަން: ހޭލާށޭ ހޭލާށޭ
ޅެން: ޢަލީ ބައްސާމު
އަޑު އަދި ވީޑިއޯ: އޭ.އައި
އެޑިޓިން: ޢަލީ ބައްސާމު

ތޯތޯ! ކޮންމެ ތޯތޯ ވާހަކައެއް ބިނާވަނީ ހަގީގަތެއްގެ މައްޗަށް!
10/04/2026

ތޯތޯ! ކޮންމެ ތޯތޯ ވާހަކައެއް ބިނާވަނީ ހަގީގަތެއްގެ މައްޗަށް!

Historical Documentary Series - Tho Tho 2011 (B. Kendhoo, Thabreyzee)"Tho Tho" A historical documentary series depicting real incidents that occured across d...

ސުކޫލު ކުދިންނަށް އަދަބު ދެވޭނެ އުސޫލެއް އަލުން ގާއިމުވާން ޖެހޭ!ހައްގަކުން ހައްގަކުން، ހައްގުތައް އަހަރެމެން ހޯދައިފިއެވ...
11/12/2025

ސުކޫލު ކުދިންނަށް އަދަބު ދެވޭނެ އުސޫލެއް އަލުން ގާއިމުވާން ޖެހޭ!

ހައްގަކުން ހައްގަކުން، ހައްގުތައް އަހަރެމެން ހޯދައިފިއެވެ! އަނިޔާވެރިކަން މި ގައުމުގައި އިންތިހާއަށް އޮތް ކަމަށް ބުނަމުންނެވެ! މި ހައްގުތަކަކީ ދިވެހިން "އިންޕޯޓު" ކުރި ހައްގުތަކެކެވެ! މި ހައްގުތައް ދިވެހި ގެތަކުގެ އޮޅިތައް ގިރާކޮށް ގޭތެރެއަށް ވަދެފިއެވެ! މަދަރުސާތަކުގެ ދޮރުތައް ހުރަސްކޮށް އެތަންތަނަށްވެސް ވަދެއްޖެއެވެ!
ނަތީޖާއަކަށް މިވީ ކުދިންނަށް އަދަބު ދިނުން މުޅިން މަނާވެގެން ދިއުމެވެ! ކުޑަކުދިންގެ ހައްގުތައް ބޮޑުވެފައި ގިނަކަމުންނެވެ! ރަނގަޅެވެ! އެކުދިންގެވެސް ހައްގުތަކެއް ވާނެއެވެ! އެކަމަކު އެ ހައްގުތައް ދިނުމުގައި ހައްދުފަހަ އެޅީމާ ވާނެއެއްޗެއް މިއަދު މިއޮތީ ވެފައެވެ!
"ދަރިވަރުން" ޓީޗަރުންނާއި ކުދިންނާ ދިމާލަށް ހިތަށް އެރި އެއްޗެއް ގޮވާ ނަގަނީއެވެ! ޓީޗަރުންނާ ދޭތެރޭ އިހާނެތިކޮށް ކަންތައް ކުރަނީ "ކޮންފިޑެންސް" އާ އެކުގައެވެ! ބޅށ އރށ ވެސް ގޮވަނީއެވެ! ފކށ ފޅލށ ވެސް ގޮވަނީއެވެ! ގަޔަށް ވެސް އަރަނީއެވެ! ހަމަ އެއްކަލަ "ކޮންފިޑެންސް" އާ އެކުގައެވެ!
ވާނީ އެހެންތާއެވެ! މަގޭ ހައްގުތައް ބޮޑުވާނެއެވެ! މަށަކަށް އަދަބެއް ނުދެވޭނެއެވެ! އެކަން ކޮށްފިނަމަ މުޅި ގައުމު މަގޭ ދިފާއުގައި ނުކުންނާނެއެވެ! އެއީ ޓީޗަރު މަރާލިކަމުގައި ވީނަމަވެސް މެއެވެ! އެހާލަށް ގައުމު ވެއްޓިއްޖެއެވެ! ކީއްވެގެން ހެއްޔެވެ؟
ފަންތޮއްޓާއި އިލޮށިފައްޗާއި ދޭފަތާއި ކަންފަތު ފޫޅުގެ ތަރުބިއްޔަތުން އަހަރެމެން ބޭރުވުން މިއީ ކުރެވުނު ވިޔާނުދާ ކަމެކެވެ! ކިޔަވާ ކުއްޖަކަށް ވިޔަސް ގޭންގެއްގެ މީހަކަށްވިޔަސް ސިޔާސީ މީހަކަށްވިޔަސް ކުށެއް ކުރީމާ އަދަބު ދޭން ޖެހެއެވެ! ދޭ ކޮންމެ އަދަބަކަށް އަނިޔާއޭ ކިޔާނަމަ ކޯޓުތަކާއި ފުލުހުސް އޮފީހާއި ޖަލުތައް ތަޅާ ސުންނާފަތި ކުރަމާ ހިނގާށެވެ! ހަގަސް ދޮއްޓަސް ކުށެއް ވިއްޔާ ވާނީ ހަމަ ކުށަކަށެވެ!
ކުށްކުށަށް އަދަބު ނުދީ އިސްލާހުވާން އެދޭނަމަ އެއީ އަލިފާނަށް ދަރު އަޅަމުން އެ އަލިފާންގަނޑު ނިވޭނޭކަމަށް ހީކޮށް ހުރުން ފަދަ ކަމެކެވެ! އެހެންކަމުން ސުކޫލު ކުދިންނަށް އަދަބު ދެވޭނެ އުސޫލެއް އަލުން ގާއިމުވާން ޖެހެއެވެ! ރާއްޖޭގެ ތައުލީމީ ހަޔާތުގައި މީގެ ކުރިން އެކަން އޮތް ގޮތަށްވިޔަސް މެއެވެ! މި ބަދަލަށް ނުރުހުނަސް، މުސްތަގުބަލައްޓަކައި މިއީ ރުހެން ޖެހޭ ބަދަލެކެވެ!

ދަރިވަރުންގެ ޔުނީފޯމު ބަދަލުކޮށްގެން ކުދިންގެ އަހުލާގު ބަދަލުވޭ ހެއްޔެވެ؟ގައުމުގެ މުސްތަގުބަލާއިމެދު ކުޑަކޮށްނަމަވެސް ވި...
05/12/2025

ދަރިވަރުންގެ ޔުނީފޯމު ބަދަލުކޮށްގެން ކުދިންގެ އަހުލާގު ބަދަލުވޭ ހެއްޔެވެ؟

ގައުމުގެ މުސްތަގުބަލާއިމެދު ކުޑަކޮށްނަމަވެސް ވިސްނާލަބަލާށެވެ. އެއީ އަދުގެ ކުޑަކުދިންނެވެ. ނުވަތަ ކިޔަވާ ކުދިންނެވެ. އެކުދިން ކިޔަވަން ކިތަންމެހާވެސް މޮޅެވެ. ކިޔަވަން މާ މޮޅު ނޫން ދަރިވަރުންވެސް އުޅެއެވެ. އުޅޭނެއެވެ. އެއީކީ މައްސަލައެއް ނޫނެވެ. އެކަމަކު މައްސަލައަކަށް ވަނީ އަދަބެއް އަހުލާގެއް ނެތީމައެވެ. އިލްމަށް ކިތައްމެ މޮޅަސް، އިލްމުގައި އަދި މާ ބޮޑު ކުރިއެރުމެއް ނުހޯދުނަސް، އަހުލާގެއްވާ މިއަދަކު ނެތެވެ. އަދަބެއް ސަދަބެއް ނެތެވެ.
ތައުލީމީ ނިޒާމުގައި ބަދަލުކުރާންވީ ކަމަކީ މިއީއެވެ. ފޮތްފަންސޫރާއި ދަބަސްތަކާއި ޔުނީފޯމުތަކާއި ކުލާސްރޫމުތަކެއް ނޫނެވެ. އަޖައިބުވެއްޖައީމެވެ! ޖީލަކަށްފަހު ޖީލެއް ހަލާކާ ފަސާދައަށް ހުށަހެޅޭއިރު، އުސޫލުތަކާއި ގަވާއިދުތަކުގައި ގައިދުވެ، މުޅި ތައުލީމީ ނިޒާމު މިއޮތީ އަނދަގޮޑިޖެހިފައެވެ. އަދަބު އަހުލާގަކީ ސްކައުޓުންނާއި ކެޑޭޓުންނާއި ޕްރިފެކްޓުންގެ އެކަނި އޮންނަން ޖެހޭ އެއްޗެއްހެން ހީވާ ކަހަލައެވެ؟ ހައިރާނެއްފަހެ ނުވޭހެއްޔެވެ؟ އަދަބު އަހުލާގާއި ދީނަކީ ދިރިއުޅުމުގެ އެއްބައެވެ. ބަޔަކު ބިނާކުރާއިރު، އެމީހުންގެ ދިރިއުޅުމުގެ އެއްބައި ބުރިކޮށް ވަކިކޮށް ބިނާ ކުރުމުން ތިޔަ ބިނާ ކުރެވެނީ ކޮއްމަސްބުރިތަކެކެވެ. މިއީ ތައުލީމީ ދާއިރާގެ އެއްމެ މަތީ ފަޑިން ފެށިގެން ވިސްނަން ޖެހޭ މުހިއްމު ކަމެކެވެ!

Secretariat of the Kendhoo Council, South, Maalhosmadulu Kendhoo School Ministry of Dhivehi language , Culture and Heritage of Education - Republic of Maldives Lucas Jaleel

Address


Alerts

Be the first to know and let us send you an email when Kaleyfaanu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed Non Profit Organization?

Share