26/05/2026
ޢީދުގައި ހިނގާ ބައެއް މުންކަރާތްތައް!
—————————————
ޛުލް ޙިއްޖާ މަހަކީ، ހުރުމަތްތެރި ކުރެވިގެންވާ މައްސަރު ތަކުގެ ތެރެއިންވެސް އެންމެ މާތްވެގެންވާ ހުރުމަތްތެރި ވެގެންވާ މަހެވެ.
ވުމާއެކު، އެމަހުގައި ފާފަތަކަށް އަރައިގަތުމުގެ ނުބައިކަމާއި ފާފަވެރިކަން، އެހެން މައްސަރެއްގައި ފާފަކުރުމަށްވުރެ ބޮޑުވެގެންވާނެ ކަމުގައި ޢިލްމުވެރިން ބަޔާންކުަރައްވައެވެ!
ފާޅުގައި ފާފަތަކާއި މުންކަރާތަކަށް އަރައިގަނެ އެމައްސަރުގެ ޙުރުމަތް ކަނޑާނުލާށެވެ!!
ذَلِكَۖ وَمَن یُعَظِّمۡ حُرُمَـٰتِ ٱللَّهِ فَهُوَ خَیۡرࣱ لَّهُۥ عِندَ رَبِّهِۦۗ
"(ކަންހުރިމަގީ) އެއީއެވެ. އަދި اللَّه ގެ حرمة ތަކަށް މާތްކޮށްހިތާ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށްޓަކައި އެކަންތައް އެމީހެއްގެ ވެރި ރަސްކަލާނގެ حضرة ގައި ހެޔޮކަން ބޮޑެވެ."
( سورة الحج ٣٠ )