26/01/2026
ކިޔާލުން މުހިންމު.
ފޮޓޯއިން ތިޔަފެނިވަޑައިގަންނަވަނީ 1973 ހިސާބު ޑރ. ތޯހައިދާލު ނަމަކަށް ކިޔާ އެމެރިކާގެ ބޭފުޅަކާ އޭނާގެ ޓީމު ފ. ނިލަންދޫ އާސާރީ ސަރަޙައްދު ހިމެނޭ އިމުގައި ހުރި “ފޯއްމަތި” ނަމަކަށް ކިޔާ ތަނެއްގެ މަސައްކަތްކުރި މަންޒަރެކެވެ. ފޯއްމަތި މި ނަންދެވުނީ ރާއްޖެ އިސްލާމްވުމުގެ ކުރިން މެދުރާއްޖެތެރޭ އަޅުކަންކުރަމުން ދިޔަ ދީނުގެ މައިގަނޑު ޤަބޫލުކުރުމަކީ ދަރިފަސްކޮޅުގެ އަސްލަކީ ފިރިހެން ހަށި ކަމަށް ވެފައި، މުޅި ސަރަޙައްދުގެ އެންމެ މައި ބިނާ ނިލަންދޫއަށް ނިސަބަތްވެފައި އަދި ރާއްޖެ އިސްލާމްވުމަށްފަހު އެބިނާ ތަޅާލައި، އަޅުކަންކުރަން ބޭނުންކުރި އެޒާތުގެ ހުރިހާ އެއްޗެއް ވަޅުލުމަށްފަހު، އެތަން ފާހަގަކުރުމުގެ ގޮތުން ކިޔާއުޅުނު، އެރަށަށް އޭރު ޒިޔާރަތްކުރާ ބޭރުގެ މެހެމާނުންނެވެ. ބެލެވޭގޮތުގައި މިތަނުގައި 2 ނުވަތަ 3 ޓަނުގެ ރަނާ މަޢުދަން ވަޅުލެވިފައި ވެއެވެ.
އާދެ ކޮންމެއަކަސް ރާއްޖޭއިން ބޭރުގެ ބަޔަކު އެޒަމާނުގައި މިފަދަ ރަށްރަށަށް ތަރިކަ ހިމާޔަށްކުރަން ނަމުގައި ޒިޔާރަތަކޮށް ކުރެއްވި މަސައްކަތްތަކަކީ މިތަންތަނު ހުރި ރަން، ރިހި އަދި އެހެނިހެން މަޢުދަންތައް ކޮނެގެން ނަގައި ރަށުގެ ރައްޔިތުންނަށް ސިއްރިޔާތުގައި ބޭރުކުރުމެވެ.
އެގޮތުން 1973 ގައި ޑރ. ތޯހައިދާލު ނަމަކަށް ކިޔާ ބޭފުޅެއް، އެމެރިކާއިން ބޯޓަކާއެކު ނިލަންދޫއަށް ދަތުރުކޮށް 11 މަހެއްހާ ދުވަހު ނިލަންދޫގައި ބަނޑަހަޖަހައި، ފޯއްމަތި ސަރަޙައްދު ރަށުގެ ރައްޔިތުންނާ ގުޅިގެން ކޮނުނީއެވެ. މަސައްކަތުގައި އުޅޭ ކޮންމެ މީހަކަށް 50 ލާރި އާއި އެއްރުފިޔާގެ މަގުން އުޖޫރަދީގެން ކޮނެ އެތަނުން ހޯދި ރަން، ރިހި މަޢުދަން އެއްކޮށްގެން ނިލަންދޫއިން ބޭރުކުރިއެވެ. ބެލެވޭގޮތުގައި 1 ޓަނުގެ ރަންރިހި މަޢުދަން މިރަށުން ބޭރުކޮށްފައި ވެއެވެ. އޭގެ 3 ވަރަކަށް އަހަރު ފަހުންވެސް ހަމަ މިގޮތަށް މި ބޭފުޅުން ނިލަންދޫއަށް އައިސް މި މަސައްކަތްކުރިކަމަށް މަޢުލޫމާތުލިބިފައި ވެއެވެ.
ހަޤީގަތުގައި މި ބޭކަލުން މިކުރެއްވީ ކޮންމަސައްކަތްތަކެއްތޯއެވެ؟ މީގެ 850 ވަރަކަށް އަހަރުކުރިން އެފްރިކާގެ ބައްރުން ބޭރުކުރި އެތައްހާސް ޓަނުގެ ރަނާ ރިހީގެ މަޢުދަންތައް ވަނީ ރާއްޖޭގެ ބައެއް ރަށްރަށުގެ ބިމުގެ އަޑީގައެވެ. އެއީ އެ ޒަމާނުގައި އަޅުކަންކުރި އެންމެ ޕޮޕިއުލާ ކާފަރު ދީން އޮތީ މިސަރަޙައްދުގައި ކަމަށްވެފައި، ރާއްޖެއަކީ އަޅުކަންކުރުމަށް ސެންޓްރަލީ ޖަމާވާ ހަބުކަމުގައި ވާތީއެވެ. އޭރުގެ އަޅުކަންކުރި ބުދުތަމާ ފަށްޅިތައް ހުރީ ރަނާ ރިހިން ޖަރީކުރެވިފައެވެ. އެހެންކަމުން މާޒީގެ އެކި ދުވަސްތަކުގައި ހާއްޞަކޮށް އެމެރިކާގެ މަހުޖަނުން ރާއްޖޭގެ ތަރިކަ ހޯދުމުގެ ނަމުގައި ޒިޔާރަތްކޮށް ރަށްރަށުގެ ރައްޔިތުންނަށް އޮޅުވާލައިގެން ނުވަތަ ގުނބޯ ހައްދައިގެން މި ބުނެވުނު ރަންރިހި މަޢުދަންތައް ބޭރުކުރީއެވެ.
އަދިވެސް ރާއްޖޭގެ ބައެއް ރަށްތަކުގައި ނަންދެވިފައިވާ “ހަތްތެލި”، “ފޯއްމަތި”، “އުސްގަނޑު” ތަންތަނުގެ އަޑީގައި ވަނީ ރަންރިހި މަޢުދަންތަކެވެ. އެއްވެސް ޒަމާނެއްގައި މިތަން ވަށައި ބަންދުކުރުން ފިޔަވައި އިތުރުކަމެއް ކުރެވިފައެއް ނުވެއެވެ. ތަރިކަ ހިމާޔަތްކުރުމަކީ މިތަންތަނުގައި ހުރީ ކޮންއެއްޗެއްތޯ ބަލައި ނެގުމަށް ފަހު ހިމާޔަތްކުރުމެވެ. އެގޮތުން މި ފަދަ ރަށްރަށުގައިވާ ތަންތަން ކޮނެ، އެތަނުން ހޯދޭ ރަނާ ރިހި އަދި އެހެނިހެން މަޢުދަންތައް ދަޢުލަތުގެ މާލިއްޔަތަށް ނެގުމަށްފަހު، އެތަންތަނުން ހޯދޭ އެހެނިހެން ތަރިކަތައް އެރަށެއްގައި މިއުޒިޔަމް ހެދުމަށްފަހު ހިމާޔަތްކުރުން ކިހިނެއްވާނެތޯ؟ ދެ ފައިދާއެއް ލިބިގެންދެއެވެ. ދަޢުލަތުގެ މާލިއްޔަތު މުއްސަނދިވުން އަދި އެރަށެއްގައި މިއުޒިޔަމެއް ބިނާވެގެން ދިއުމެވެ؟ މިއީ އަޅުގަނޑުމެންގެ ޙިޔާލެކެވެ!